ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ތުހުމަތުތަކެއް އަމާޒުވި އަދަދު ނޫހުގެ ޑޮކިއުމެންޓަރީ "އައިޝާ" އާއި އޭގެ ވާހަކަ ދެއްކުން މަނާކޮށް އެންމެހާ ރައްޔިތުންގެ މައްޗަށް ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުގައި ޝެޑިއުލް ކުރުމަށްފަހު ކެންސަލްކޮށްފި އެވެ.
އެ ކޯޓު އަމުރު އިސްތިއުނާފު ކުރީ މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އެވެ. އަޑުއެހުން ކެންސަލްވިކަން ކޯޓުން އެންގީ ވަކީލުންނާއެކު ފިޔާޒް ކޯޓަށް ހާޒިރުވި ފަހުންނެވެ. ކެންސަލްވީ އިދާރީ ސަބަބެއް ދިމާވެގެން ކަމަށް ކޯޓުން ބުންޏެވެ.
އެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް ބާ ކައުންސިލުން ވެސް ވަނީ ތަދައްހުލުވެފަ އެވެ. އެ ކޯޓު އަމުރު ނެރުމުން އަމުރާމެދު ކަންބޮޑުވުން ފާޅުކޮށް ވެސް ބާ ކައުންސިލުން ބަޔާނެއް ނެރުނެވެ.
ކޯޓު އަމުރު ނެރުނު ފަހުން، މުއިއްޒަށް ކުރެވޭ ތުހުމަތުތަކާމެދު ސުވާލު ކުރުމުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށްލައިފަ އެވެ. އަދި ކޯޓު އަމުރުގެ ހަބަރު ލިޔުނު މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ.
އޭގެ އިތުރުން، ޑޮކިއުމެންޓަރީ މައްސަލައިގައި ސީއީއޯ ފިޔާޒް އާއި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް މުއިއްޒު އަންގަވައިގެން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ގަޒުފު ކުރުމުގެ ދައުވާ އުފުލައިފަ އެވެ.
އޭގެ ކުރިން މި ނޫހުގެ އޮފީސް ފުލުހުން ވަނީ ރެއިޑުކޮށްފަ އެވެ. ރެއިޑުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ލެޕްޓޮޕް ހިމެނޭ ގޮތަށް 20 އިލެކްޓްރޯނިކް ޑިވައިސް ގެންގޮސްފަ އެވެ.
"އައިޝާ" ޑޮކިއުމެންޓަރީ ދެއްކުން މަނާ ކުރި ގެގް އޯޑަރުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ