މާލެ ސަރަހައްދުގައި ހިމަބިއްސަށް ވެކްސިން ދޭން ފަށައިފި، ފުރަތަމަ ކުޑަކުދިންނަށް

ހިމަބިހިން ރައްކާތެރިވުމަށްދޭ އެމްއާރު ވެކްސިން ‏މާލެ ސަރަހައްދުގައި އިއްޔެ ދޭން ފަށައިފި އެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި އޮތް ހިމަބިހީގެ އައުޓްބްރޭކެއް މިއަހަރުގެ މޭ މަހު ފެށުމާ އެކު އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން ބުނީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ.
އެ އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދެނީ:
އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ވެކްސިން ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް، މިފަހުން މި ބަލީގެ 22 ކޭސް ފެނި އިތުރުވަމުންދާތީ އެޗްޕީއޭއިން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެޗްޕީއޭން ވަނީ، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެދިފަ އެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އެދިފަ އެވެ. 
ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. އެކަމަކު، މި ފަހަރު ހާލަތު ގޯސްވީ ގިނަ ދިވެހިންނަށް ބަލި ޖެހުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ