24 ގަޑިއިރު ނުވަނީސް އަބްދުﷲ އަބްދުއްރަހީމުގެ ނިންމެވުން އަނބުރާ ގެންދަވައިފި

02:20ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު 24 ގަޑި އިރު ނުވަނީސް އޭނާގެ ނިންމެވުން އަނބުރާ ގެންދަވައިފި އެވެ.މިރޭ ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ފޯމެއްގައި ރޭގެ ވަގުތެއްގައި ސޮއިކުރެއްވި ކަމަށާއި ނަމަވެސް އެ ނިންމެވުން މިރޭ އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އެ ޕާޓީގެ ފޯމެއްގައި ރޭ ސޮއި ކުރެއްވީ "އެމްޑީޕީގެ ބޭފުޅުން އުނދަގޫކުރައްވާ ވަރުން" ކަމަށާއި ނަމަވެސް އޭނާގެ ފިކުރާ އެމްޑީޕީގެ ފިކުރު ދިމާނުވާ ކަމަށެވެ.އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭނާ އެމްޑީޕީގެ ފޯމެއްގައި ރޭ ސޮއިކުރެއްވީ އެއްވެސް "ހަދިޔާއެއް ލިބިގެން ނޫން" ކަމަށެވެ.އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ނިންމެވުން ބަދަލުކުރެއްވީ މިރޭ ދަންވަރު 12:21 ގައި ކަމަށެވެ. 00:21ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.މާލިއްޔަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވެވި އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ބަދަލުވެ ވަޑައިގަތް ކަމުގެ މައުލޫމާތު އިތުރަށް ސާފު ކުރުމަށް އޭނައަށް ގުޅޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ޑީއާރްޕީގެ އިސް ބައެއް ފަރާތްތަކުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.އަބްދުރައްހީމް އެމްޑީޕީއަށް ސޮއިކުރައްވަން އުޅޭ ކަމަށް މީގެ ކުރިން ވެސް ވަނީ ތުހުމަތުގެ އަޑުތައް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ