އއ. މާޅޮހުގައި މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ އޭނާގެ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކަމަށް އޭނާގެ އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހު 13 ވަނަ ދުވަހު އަބްދުއްރަހުމާން މަރުވީ އޭނާއަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.
މަރުގެ ސިދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިއުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އަބްދުއްރަހްމާން މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
"މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުން މިއަދު ބުންޏެވެ.
އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުން: ވަގުތީ ރިޕޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ