ހައި ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަގާމަށް ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުނު މީހަކާއި ކުރީގެ ފަނޑިޔާރަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީ އިން ބުނީ ހައި ކޯޓަށް އައްޔަން ކުރަން ނިންމީ، ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އާއި ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ ކަމަށެވެ.
ޝަހީދު އަދި ޖަމީލް ހައި ކޯޓަށް އައްޔަން ކުރަން ފާސް ކުރީ ޖޭއެސްސީ އިން ރޭގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ނަމަވެސް ބައްދަލުވުމާއި ވޯޓުގެ ތަފުސީލެއް ކޮމިޝަނުން ނުދެ އެވެ.
އޭގެ ތެރެއިން ޝަހީދަކީ މިހާރު އުވާލާފައިވާ ޕީޕީއެމްގެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާ މީހެކެވެ. އަދި ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް އުޅުނެވެ. ރައީސް މުހައްމަދު މުއިއްޒާއެކު ވެސް އޭނާ ވަނީ ބައެއް ކެމްޕެއިން ހަރަކާތްތަކުގައި ކުރިން ބައިވެރިވެފަ އެވެ.
މި ސަރުކާރުގައި ޝަހީދު ހުރީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދިނީ މި ހިނގާ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ފަސް އަހަރު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.
އަބްދުﷲ ޖަމީލް މޫސާއަކީ ސިވިލް ކޯޓު ހިމެނޭ ގޮތަށް އެކި ކޯޓުތަކުގައި 15 އަހަރު ވަންދެން ފަނޑިޔާރުކަން ކޮށްފައިވާ ބޭފުޅެކެވެ. ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ފެބްރުއަރީ، 2019، ގައި ވަކިވެވަޑައިގަތުމަށްފަހު މަސައްކަތް ކުރެއްވީ ވަކީލެއްގެ ގޮތުގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ މަގާމުތަކަށް އައްޔަން ކުރުމުންނެވެ.
މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޕީއެންސީގެ އެކްޓިވިސްޓަކާއި ކުރީގެ ފަނޑިޔާރަކު އައްޔަން ކުރަނީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޕީއެންސީގެ އެކްޓިވިސްޓަކާއި ކުރީގެ ފަނޑިޔާރަކު އައްޔަން ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ