ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފް ކޮށްފައިވާތީ އިސްތިއުނާފު މަރުހަލާ ނިމެންދެން ޖާބިރު މިނިވަން ކުރުމަށް އެދުނު ނަމަވެސް އެގޮތަށް އެކަންކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
ޖާބިރު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވިގެން ކުޑަކަމުދާތަކެތި ދޭން އެންގުމުން ނުދިން މައްސަލައިގަ އެވެ.
ޖާބިރު މިނިވަން ކުރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވަނީ މިފަދަ އަމުރަކަށް ޖާބިރުގެ ފަރާތުން ހައި ކޯޓުގައި އިއްޔެ އެދުމުންނެވެ. ހައި ކޯޓުގައި އިއްޔެ ބޭއްވީ އިސްތިއުނާފު ކުރުމުން އެމައްސަލައިގައި އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެވެ.
އަދި ޖާބިރު އެދިފައިވާ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ވެސް އިއްޔެ ބޭއްވުނު އަޑުއެހުމެއްގައި އެވެ. ދެން މި މައްސަލައިގައި އަޑު އެހުމެއް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.
ޖާބިރު ވަގުތީ ގޮތުން މިނިވަންކޮށްދިނުމަށް އެދުނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އޭނާ ވާދަކުރައްވާތީ އޭނާގެ ކެމްޕެއިން ކުރުމުގެ ހައްގު އޭނާއަށް ގެއްލެމުންދާ ކަމަށް ބުނެއެވެ.
ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރުމުން އޭނާގެ ހުކުމް ތަންފީޒުކުރުމަށް އެންމެ ފުރަތަމަ ގެންދެވުނީ މާފުށީ ޖަލަށެވެ. ނަމަވެސް މިހާރު ޖާބިރު ހުންނެވީ މާލޭ ޖަލުގަ އެވެ
ޖާބިރުގެ މައްްޗަށް ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވާއިރު ބަނގުރާ ގެންގުޅުމުގެ ދައުވާއެއް ވެސް ދައުލަތުން ޖާބިރުގެ މައްޗަށް އުފުލަ އެވެ.
ޖާބިރު މިނިވަން ކުރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ