ވީއޭއެމްކޯ އިން ވިއްކާ ނަންނި އިންޖީނުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ވީއޭއެމްކޯ އިން ވިއްކާ "ނަންނި" އިންޖީނުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީއޭއެމްކޯ އިން "ނަންނި މެކުހަށް" މި ނަމުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޯކިޑް މަގުގައި ހުންނަ ވީއޭއެމްކޯގެ ޝޯވް ރޫމްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އިންޖީނެއް ގަންނަނަމަ ޑިސްކައުންޓް ދިނުމުގެ އިތުރުން ގިނަ އިނާމް ތަކެއް ވެސް ލިބިގެންދެ އެވެ.
ވީއޭއެމްކޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ނަންނި ބްރޭންޑްގެ އިންޖީނެއް ގަންނަ ކޮންމެ މީހަކަށްވެސް 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މިޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމު ތަކުގެ ތެރޭގައި ދަތުރުކުރާ އުޅަނދުތަކުގައި ބޭނުންކުރާ ބައެއް ސާމާނު ތަކުގެ ތެރޭގައި ހިމެނޭ ދުރުމި އާއި ލައިފް ޖެކެޓު، ކޫލަންޓް ވެސް ހިމެނެ އެވެ.
ވީއޭއެމްކޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ނަންނި އިންބޯޑް އިންޖީނަކީ ކުދި ދޯނި ފަހަރަށް ހާއްސަ ކޮށްގެން ފްރާންސްގައި ތައްޔާރުކޮށްފައިވާ އިންޖީނެކެވެ. ނަންނި އިންޖީނުގެ 10 ހޯސްޕަވަރުން ފެށިގެން ގޮސް 135 ހޯސްޕަވަރާ ދެމެދުގެ އިންޖީން ލިބެން ހުރި ކަމަށް ވީއޭއެމްކޯ އިން ބުނެ އެވެ. ވީއޭއެމްކޯ އިން ނަންނި ބްރޭންޑްގެ އިންޖީނެއް ގަންނަ ކޮންމެ ފަރާތަކަށް ވެސް އެއް އަހަރު ދުވަހުގެ ނުވަތަ 2000 ގަޑިއިރުގެ ވޮރެންޓީ ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
ވީއޭއެމްކޯ އިން ބުނީ މި އިންޖީނު ހަތަރު ގޮތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ. މިގޮތުން "ޝާފް ޑްރައިވް" އާއި "ސެއިލް ޑްރައިވް" އަދި "ސްޓަން ޑްރައިވް" ގެ އިތުރުން "ވޯޓާ ޖެޓް"ގެ ގޮތުގައި ވެސް ބޭނުން ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ