އަހުމަދު މުހައްމަދުގެ ނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.
އަހުމަދު މުހައްމަދުގެ ނަންފުޅު ދިރާސާކުރުމަށް ފޮނުވާފައިވަނީ ގައުމީ ސަލާމަތުގެ ކޮމެޓީ އަށެވެ.
އަހުމަދު މުހައްމަދުގެ ނަންފުޅު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުއްވެވިކަން އިއުލާންކޮށްދެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ.
އަހުމަދު ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ރައީސް ޑރ.މުހައްމަދު ވަހީދު ސަރުކާރުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އިންޑިއާގެ ސަފީރު ކަމުގައި މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ކުރީގެ ފޮރިން ސެކްރެޓަރީ މުހައްމަދު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ