ތައިލެންޑްގެ ސަފީރު ކަމަށް ޖިނާހު އައްޔަން ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތިބްރޯޒް މުހައްމަދު ޖިނާހު މިއަދު އައްޔަން ކުރައްވައިފި އެވެ. ޖިނާހަށް މަގާމުގެ ފަތްކޮޅު ރައީސް ދެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މުހައްމަދު ޖިނާހު ވަނީ މީގެ ކުރިން ބައެއް އަމިއްލަ ކުންފިނިތަކުގެ މަގާމުތައް ފުރުއްވައިފައެވެ. މީގެ ކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުގަ އެވެ. މީގެ ކުރިން ތައިލެންޑުގެ ސަފީރު ކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރުކަމާއި ޑީއާރްޕީގެ ލީޑަރު ކަން ކުރިން ކުރެއްވި މުހައްމަދު ނަޝީދު (ކާނަލް ނާޝިދު) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ