ވައިކަރަދޫ ދާއިރާގެ މެމްބަރު ނެއްލައިދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކޮށްފި

ައްޔިތުންގެ މަޖިލީހުގެ ހދ. ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސައިން ޒިޔާދު (ފިއްޓެ) ނެއްލައިދޫ ކައުންސިލް މެމްބަރުންނާ ބައްދަލު ކޮށްފިއެވެ.
މިއަދު ހެނދުނު ނެއްލައިދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި 2020 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުންނާއި، 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުންނާއި، ނެއްލައިދޫގެ ތަރައްގީއަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިލްހާމް ދޭހަ ނޫހަށް މަޢުލޫމާތު ދެއްވިއެވެ.
ފިއްޓެގެ މި ދަތުރަކީ މަޖިލީސް ޗުއްޓީވެފައި އޮތުމުން ދާއިރާގެ ރަށްތަކަށް ކުރަމުން އަންނަ ދަތުރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ