ގަން ސިނާޢީ މަގު ހުޅަނގުފަރާތު ގަސްތަކުގައި ރޯވި އަލިފާން ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ނިއްވާލައިފި

ލ. ގަން ސިނާޢީ މަގު ހުޅަނގުފަރާތު ގަސްތަކުގައި ރޯވި އަލިފާން ލ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.
އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރުއެވެ. މި މަޢުލޫމާތު ފުލުހުނަށް ލިބުމާއެކު އެސަރަޙައްދަށްގޮސް އާއްމު ރައްޔިތުންނާއި ގުޅިގެން ކުރި މަސައްކަތުން އެސަރަޙައްދުގެ ގަސްތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނުފެތުރެނީވެސް ވަނީ ނިއްވާލާފައެވެ. އަލިފާން ނިއްވާލެވިފައިވަނީ އެދުވަހުގެ 14:21 ހާއިރުއެވެ.
ސިނާޢީ މަގު ހުޅަނގުފަރާތު ގަސްތަކުގައި ރޯވެފައިވަނީ އެސަރަޙައްދުގައި އުޅުނު ބަޔަކު ކުނި އެންދުމުގެ ގޮތުން ރޯކުރި އަލިފާންގަނޑު ވައިގަދަވުމުގެ ސަބަބުން ފެތުރިގެންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.
ވަލުތެރެއާއި ލ. އަތޮޅުގައި މީހުން ދިރިރުޅޭ ސަރަޙައްދުތަކުގައި ކުނި އަންދާ ހެދުމުގައި ރައްކާތެރިކަން އިސްކޮށް، ކުނި އަންދާހެދުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ