އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

އިންޓަ ސްކޫލް / ކޮލެޖު ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އިންޓަ ސްކޫލް ބީޗު ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިން ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލް ހޯދިއިރު، ދެވަނަ ހޮދީ އިމާދުއްދީން ސްކޫލުންނެވެ. އަދި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލުންނެވެ.
މީގެއިތުރުން މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިން ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލް ހޯދިއިރު، ދެވަނަ ހޮދީ އިމާދުއްދީން ސްކޫލުންނެވެ. އަދި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލުންނެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިން ވިލާ ހައި އިންޓަނޭޝަނަލް ސްކޫލް ޗެމްޕިއަންކަން ހޯދިއިރު، ދެވަނަ ހޯދީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި މުބާރާތުގެ ތިންވަނަ ހޯދީ ސީއެޗްއެސްސީންނެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިން ޗެމްޕިއަންކަން ހޯދީ ސީއެޗްއެސްސީ އެވެ. ދެވަނަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، ތިންވަނަ ހޯދީ މެޕްސް އިންޓަނޭޝަނަލް ހައިސްކޫލުންނެވެ.
އިންޓަ ކޮލެކް ޔުނިވާސިޓީ ވޮލީ މުބާރާތުގެ ފިރިހެން ބައިން ވިލާ ކޮލެޖް ޗެމްޕިއަންކަން ހޯދިއިރު، ދެވަނަ ހޯދީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއެވެ. އަދި ތިންވަނަ ހޯދީ މައި ކޮލެޖުންނެވެ.
މުބާރާތުގެ އަންހެން ބައިން ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއެވެ. ދެވަނަ ވިލާ ކޮލެޖް ހޯދިއިރު، ތިންވަނަ ހޯދީ މައި ކޮލެޖުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ