އިންތިހާބަކާ ނުލައި ރައީސް އަބުދުﷲ ޔާމީނާއި ވެރިކަން ހަވާލު ކުރަން ޖެހޭ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑުގެ މެންބަރު މުހައްމަދު ވަހީދު އެބޯޑުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުނެވެ.
އިންތިހާބަކާ ނުލައި ރައީސް ޔާމީނާ ވެރިކަން ހަވާލު ކުރުމަށް ރިޔާޒު ގޮވާލެއްވި އިރު، 2018 ވަނަ އަހަރުގެ އިންތިހާބަށް ޕީޕީއެމްގެ ތެރޭގައި ޕްރައިމަރީއެއް ބޭއްވުމަކާ ނުލާ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އެރުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ރިޔާޒް ވިދާޅުވީ އަހުލާގީ މިންގަނޑުން ބެލިނަމަވެސް އެންމެ ރަނގަޅު ފަރާތަކީ ރައީސް ޔާމިން ކަމަށާއި މަސްލަހަތު ހުރި ގޮތަކީ ރައީސް ޔާމިން ވޯޓަކާވެސް ނުލާ 2018 ގައި އިންތިހާބު ކުރުން ކަމަށެވެ.
"ރާއްޖެގައި ތަރައްގީގެ މަޝްރޫއުތަށް ހިނގަމުން މިދާ ސްޕީޑަށް ބަލާއިރު، އެންމެ މަސްލަހަތު ހުރި ގޮތަކީ ރައީސް ޔާމިން އެކަނި ކުރިމަތި ލައްވާފަ ވޯޓަކަށް ވެސް ނުގޮސް ރައީސް ޔާމިނަށް ވެރިކަން ދެއްވުން" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު ވަނީ އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރާ މި ހިނގާ ތިން އަހަރުގެ ތަރައްގީއާއި ނުބައްދަލު ކަމަށް ސިފި ކުރައްވާފައެވެ.
އިންތިހާބަކާ ނުލައި 2018 ގައި ރައީސް ޔާމީން އާއި ވެރިކަން ހަވާލު ކުރަން ޖެހޭ: ރިޔާޒު ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ