ގާސިމްއަށް ކުރިމަތިވަމުންދާ ފިއްތުންތަކަށް ހައްލު ހޯދައި ދޭން ޕީޕީއެމުން މަސައްކަތް ކުރާނެ - މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރިމަތިވަމުންދާ ފިއްތުންތަކަށް ހައްލު ހޯދައި ދިނުމަށް ޕީޕީއެމުން މަސައްކަތް ކުރާނެކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ކުރީގެ އޮފީސް ހ.ތެމާގައި މިއަދު ނޫސްވެރިންނައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ގާސިމްއަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާ ކަމަށާއި، ޕީޕީއެމްގެ މެންބަރުން މިތިބީ އެމަނިކުފާނާއެކު ކަމަށެވެ. އަދި އެ ފިއްތުންތަކުގެ ސަބަބުން ގާސިމުގެ 5000 އެއްހާ މުވައްޒަފުންގެ އާއިލާތަކަށާއި ގާސިމަށް ކުރިމަތިވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ގާސިމަށް ފިއްތުންތައް ކުރިމަތި ކުރަން ފެށި ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ރައީސް މައުމުނު ނުދެއްވައެވެ.
ރައީސް މައުމޫން ވިދާޅުވީ އެފަދަ ފިއްތުންތަކެއް ކުރިމަތި ކުރަމުންދަނީ ގާސިމްގެ ހިތްވަރު ބަލިކޮށްލައި އެމަނިކުފާނުގެ އަޒުން ބަލިކޮށްލުމަށް ކަމަށެވެ.
ގާސިމް ވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީން މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭނެކަމަށް، ގާސިމް ވަނީ  ވިދާޅުވެފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ