ގާޒީ ސަމީރަށް ފިޔަވަޅު އަޅައިފި

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފި އެވެ.
ޖޭއެސްސީން މި ފިޔަވަޅު ސަމީރަށް އެޅުމަށް ނިންމީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި، މައްސަލަ ރައްދުވާ ފަރާތުގެ އެ ޢަމަލަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައިވާތީ އެވެ.
އެގޮތުން ބަންދުގައި ބަހައްޓަން ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ބުނެ ވާހަކަ ދައްކާފައިވާކަން ތަޙުޤީޤަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
ޖޭއެސްސީން ބުނީ ގާޒީ ސަމީރުގެ މި ޢަމަލަކީ، ފަނޑިޔާރުންގެ ޤާނޫނު އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށވެެ. އެގޮތުން އޭނާ އަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ