އަނިޔާކުރާތީ ފިރިމީހާ ކަރަންޓް ކީހަކުން ކޮށާލައިފި

އަންހެނަކަށް އޭނާގެ ފިރިމީހާ އަނިޔާކުރާތީ ފިރިމީހާގެ ގައިގައި ކަރަންޓް ކީހެއްޖައްސާ ފިރިމީހާ ކޮށާލައިފި އެވެ.
މެކްސިކޯގައި ހިނގި މި ހާދިސާގައި އެ އަންހެންމީހާ އޭނާގެ ފިރިމީހާ މަރާލާފައިވަނީ އޭނާއަށް ތަޅާ އަނިޔާކުރާތީ ކަމަށް އެގައުމުގެ ފުލުހުން ވިދާޅުވި އެވެ.
އެ އަންހެން މީހާ އެ ފިރިހެންމީހާގެ ޖޫސް ތަށްޓަށް ނިދާ ބޭސްތަކެއް އެޅި ކަމަށާއި އަދި އެ ފިރިހެންމީހާ އެ ޖޫސްތަށި ބޮއިގެން ނިދުނުތަނާ މާގިނަ އިރުތަކެއް ނުވަނީސް އެ އަންހެންމީހާ ވަނީ އޭނާގެ ފިރިމީހާ ކަރަންޓު ކީހައަކުން ކޮށާލާފައި ކަމަށް ފުލުހުން ވިދާޅުވި އެވެ. އެއަށްފަހު ޑަަސްބިން ކޮތަޅަކަށް އޭނާގެ ހަށިގަނޑުގެ އެކި ބައިތަށް ލައިގެން ގޮސް ދުރު ހިސާބަކަށް އެއްލާލި ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
އެ ފިރިހެންމީހާ ނުފެނިގެން އޭނާގެ ގެ ކައިރީ އުޅޭ މީހުން ސުވާލުކުރުމުން އެ އަންހެންމީހާ ވަނީ އޭނާގެ ފިރިމީހާ ވީ ވިޔަފާރި ދަތުރެއްގައި ގައުމުން ބޭރުގައި ކަމަށް ބުނެ އޭނާއަށް މެސެޖު ވެސް ކޮށްހަދާފަ އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަން ފެށުނީ އެ އަންހެންމީހާ ކުދިންނަށް އެ ކުދިންގެ ބައްޕަގެ ބޯ ގެ ކައިރީ ހަދާފައި އޮތް ޕާކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ހިސާބުން ކަމަށެވެ.
"އެ ފިރިހެންމީހާގެ ހަށިގަނޑު ފެނުމުގެ ކުރިން މީހުންނަށް އޮޅުވާލުމުގެ ގޮތުން އޭނާ އެ ފިރިހެންމީހާއަށް މެސެޖު ވެސް ކުރި. ހަށިގަނޑު ފެނުމުން ދެން އޭނާ ރޯން ފަށައިފި ތިމަންނަށް ހުވަފަތް ވީއޭ ކިޔާފަ" ފުލުހުން ވިދާޅުވި އެވެ.
އެ ފިރިހެންމީހާގެ ހަށިގަނޑު ފެނުމުން އޭނާގެ ގެއަށް ދިޔަކަމަށާއި އޭނާގެ ގެއިން ލެ އާއި އަދި ފާހާނާގެ ތެރޭގައި ވެސް އޭނާގެ ހަށިގަނޑުގެ ބައެއް ބައިތަށް ހުރިކަމަށް ފުލުހުން ވިދާޅުވި އެވެ.
"މިހުރިހާ އެއްޗެއް ފެނުނީނަމަ ދެން ބުނީ ތިމަންނައަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫނޭ. އެހެންވީމަ ކޯޓަކަށް ނުދެވޭނެއޭ. އަހަރުމެން އޭނާގެ ޓެސްޓްތަށް ވެސް ހެދިން. ހަމަ ބަރާބަރަށް ހުރި މީހެއް އެއީ" އަންހެންމީހާ އޮޅުވާލުމަށް ދެއްކި ވާހަކަތަށް ހިއްސާކުރަމުން ފުލުހުން ވިދާޅުވި އެވެ.
މިކަން އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށް ލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ