ޕީޖީ މުހްތާޒާއި ގާޒީ އަަބްދުﷲ ދީދީ ބައެއް ޤައުމުތަކަށް ދަތުރުކުރުން މަނާކުރުމަށް އޭސީއެޗްއަރުން އެދިއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާއާ ގުޅިގެން، ދަޢުވާ ކުރެއްވި ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިނާއި، އެ މައްސަލައިގެ ޝަރީޢަތުގެ ބެންޗުގައި އިންނަވާ އިސް ގާޒީ އަބްދުﷲ ދީދީގެ މައްޗަށް ބައެއް ޤައުމުތަކަށް ދަތުރުކުރުން މަނާ ކޮށްދިނުމަށް އޭޝިއަން ސެންޓަރ ފޯރ ހިއުމަން ރައިޓްސްއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ހައްޔަރު ކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެމަނިކުފާނު ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ގޮވާލާ ކަމަށެވެ.
އަދި، ޕީޖީ މުހްތާޒާއި ގާޒީ އަބްދުﷲ ދީދީގެ މައްޗަށް "ޓްރެވަލް އެމްބާގޯ"އެއް، ނުވަތަ ބައެއް ޤައުމުތަކަށް ދަތުރުކޮށް އެތެރެވުން މަނާ ކުރުމަށް ވެސް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
އެޖަމިއްޔާއިން ވަނީ، މުހްތާޒާއި ގާޒި އަަބްދުﷲ ދީދީގެ މައްޗަށް ޓްރެވަލް އެމްބާގޯ ތަންފީޒު ކުރުމަށް އެމެރިކާއާއި، ޔޫރަޕިއަން ޔޫނިއަނާއި، އިންޑިޔާއައި ސިންގަޕޫރާއި "އެހެނިހެން ޤައުމުތަކަށް" ގޮވާލާފައެވެ.
"ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ހައްޔަރުކޮށް ބަންދުކޮށްފައި ބެހެއްޓުމަކީ ސިޔާސީ ކަމެއް. ރައީސް ނަޝީދާ ދޭތެރޭ ކޯޓުގެ ބޭރުގައި ހިންގި ދަށު ދަރަޖައިގެ އަމަލާއި ގުޅޭގޮތުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕީޖީ މުހްތާޒާއި ގާޒީ އަބްދުﷲ ދީދީއާ މެދު ކަން ކުރެވެން ޖެހޭނެ،،" އޭޝިއަން ސެންޓަރ ފޯރ ހިއުމަން ރައިޓްސްގެ ޑިރެކްޓަރ ސުހާސް ޗަކްމާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ