އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އަހުމަދު އުމަރު އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އުމަރު އެ މަގާމުން ވަކިކުރަން ހުށައެޅީ ސަރުކާރުން ކަމަށާއި އަދި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އުމަރު މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މަގާމުން އުމަރު ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
އުމަރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންއެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަޤާމުން ޢުމަރު ވަކިކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކުންފުނީގެ ޕެނަލް ބޯޑުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ހަފްތާއެއްހާ ދުވަސް ވަންދެން ފެނުގެ ޚިދުމަތް ކެނޑުނެވެ.
އެކަމުގެ ސަބަބުން، އެދުވަސްވަރު އެ ކުންފުނީގެ މަސައްކަތްތައް ހިންގީ ސަރުކާރުން ކަނޑައެޅި ޚާއްސަ ޓަސްކްފޯސްއެއްގެ ބެލުމުގެ ދަށުންނެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން އުމަރު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ