ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާޅޭގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.
ހުޅުމާލެއިން ކަނރަންޓު ކެނޑިފައިވަނީ މިއަދު 12:30 ހާއިރު ކަމަށް މަޢުލޫމާތުލިބެއެވެ.
ސްޓެލްކޯގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ކެނޑުނު ހިސާބުތަކަށް އެ ހިދުމަތް އަނބުރާ ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެހެން ނަމަވެސް އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވޭނެ، ނުވަތަ ކަރަންޓްގެ ހިދުމަތް ދެވޭނެ ވަކި ވަގުތެއް އޮފިޝަލް ހާމަކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓްގެ ހިދުމަތް ދޭތެރެ ދޭތެރެއިން ކެނޑެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ