އައިސީސީގެ ޗީފް ޕްރޮސެކިއުޓަރަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތު: އަނިޔާ ލިބުނު ވަކީލުގެ ހިމޭންކަން މުގުރާލައިފި

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޗީފް ޕްރޮސެކިއުޓަ ކަރީމް ޚާންގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެ ކޯޓުގެ މެންބަރު ގައުމުތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެ މައްސަލާގައި ހިމެނޭ އަންހެން ވަކީލު ފުރަތަމަ ފަހަރަށް  ވާހަކަ ދައްކައިފި އެވެ.
މި މައްސަލައާ ގުޅިގެން ކަރީމް ޚާން މިހާރު ހުންނެވީ ސަސްޕެންޝަނެއްގައެވެ.
Villa College
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MU STORE
މި މައްސަލަ ފެންމަތިވީ ކަރީމް ޚާންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި މެލޭޝިއާގެ ވަކީލެއް ކަމަށްވާ ސާރާ، އޭނާއަށް ކަރީމް ޚާންގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރިމަތިވި ކަމަށް ބުނެ އދ. ގެ ތަހުގީގީ އިދާރާއަށް މައްސަލަ ހުށަހެޅުމުންނެވެ.
ސާރާ ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް، އޭނާގެ ނުރުހުމުގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ކަރީމް ޚާން ވަނީ އަނިޔާވެރި އަމަލުތަކެއް ހިންގާފަ އެވެ. އޭގެ ތެރޭގައި ހުއްދަނެތި ގައިގައި އަތްލުމާއި، ގަދަކަމުން ދޮންދޭން އުޅުމާއި، އަދި ޖިންސީ ގުނަވަންތަކަށް އަތްލުން ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެއެވެ.
ނަމަވެސް ކަރީމް ޚާން ވަނީ މި ހުރިހާ ތުހުމަތުތަކެއް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.
އޭނާގެ ވަކީލުން ވިދާޅުވާ ގޮތުގައި މިއީ އިޒްރޭލުގެ އިސްވެރިން ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ކަރީމް ޚާން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ބަޔަކު ރާވައިގެން ކުރާ ކަމެކެވެ. ސާރާ އަކީ އިޒްރޭލުގެ މަސްލަހަތުގައި މަސައްކަތްކުރާ ޖާސޫސެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އދ. ގެ ރިޕޯޓުން ދައްކާ ގޮތުގައި އެފަދަ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
ސާރާ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ ވަޒީފާއާއި ވިސާ ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ކުރިން މި ވާހަކަތައް ދައްކަން ނުކެރުނީ ކަމަށެވެ. އަދި ކަރީމް ޚާން އަކީ މުޅި ކޯޓުގެ އެންމެ އިސްވެރިޔާ ކަމަށްވުމުން، އެފަދަ ބާރުގަދަ މީހަކާ ދެކޮޅަށް ތެދުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގެ ތެރެއިން 2009 ވަނަ އަހަރު ކަރީމް ޚާންގެ ދަށުން އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރި ދެވަނަ އަންހެނަކުވެސް ވަނީ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިކޮށްފަ އެވެ.
އދ. ގެ އިންޓާނަލް އޯވަސައިޓް ސާވިސަސްގެ ރިޕޯޓުގައި ބުނެފައިވަނީ ސާރާގެ ވާހަކަތަކަށް ބާރުދޭ ހެކިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް، އައިސީސީގެ ފަނޑިޔާރުންގެ ޕެނަލަކުން ކުރިން ބުނެފައިވަނީ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށެވެ. މި ތަފާތު ރިޕޯޓުތަކާ އެކު މައްސަލަ އިތުރަށް ގޯސްވެފައިވާއިރު، މި މަހުގެ 24 ވަނަ ދުވަހު އައިސީސީގެ 125 މެންބަރު ގައުމުން ވޯޓެއް ނަގައި، ކަރީމް ޚާންގެ ސަސްޕެންޝަން ދަމަހައްޓާނެތޯ ނުވަތަ އޭނާ މަގާމުން ދާއިމީކޮށް ވަކިކުރާނެތޯ ނިންމާނެއެވެ.
ސާރާ ބުނި ގޮތުގައި އޭނާ މި ވާހަކަތައް އާންމުކުރީ ކޯޓުގެ ގަދަރަށް އުނިކަމެއް ގެނައުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް ކޯޓުގެ ގަދަރަކީ އެންމެ މީހެއްގެ އަބުރަށް ބިނާވެފައި އޮންނަންޖެހޭނެ އެއްޗެއް ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މި މައްސަލައިގެ ސަބަބުން އޭނާގެ ކުރިމަގަށް ނޭދެވޭ އަސަރު ކުރާނެކަން އެނގޭއިރުވެސް، ހަގީގަތް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ސާރާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ