ރާއްޖޭގެ އަށް ސަރަހައްދެއްގައި އާސަންދަގެ ކައުންޓަރު ހުޅުވައިފި

އާސަންދައިގެ "ވިރަ" ކައުންޓަރުތައް އަލަށް ހުޅުވި ރަށްތަކުގެ ތެރޭގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ލ. ގަން، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ދ. ކުޑަހުވަދޫ ހިމެނޭ. މީގެ ކުރިން އާސަންދައިގެ ވިރަ ކައުންޓަރުގެ ހިދުމަތް ފޯރުކޮށްދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގަ އެވެ.
މި ކައުންޓަރުތަކުގެ އިތުރުން، ޚިދުމަތަށް އެދުމުގެ ކަންކަން އިތުރަށް ލުއިފަސޭހަކުރުމަށް 'މައި އާސަންދަ ޕޯޓަލް' ގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. އީފާސް މެދުވެރިކޮށް މި ޕޯޓަލް ބޭނުންކުރެވޭއިރު، ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ