މާލޭ ސަރަހައްދުގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ކަރަންޓުގެ އަގުބޮޑު ކޮށްފި

މާލެ ސަރަހައްދުގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގު ބޮޑުކޮށް މުޅިންއާ އަގުތަކެއް އާންމުކޮށްފިއެވެ.
އެނާޖީ އޮތޯރިޓީ އިން އާންމުކުރި ގޮތުގައި ވިޔަފާރިތަކަށް ފޯރުކޮށްދޭ ކަރަންޓުގެ އަގުބޮޑު ކުރި ނަމަވެސް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
މިއަދު ނެރުނު ސާކިއުލާއެއްގައި އެ އޮތޯރިޓީ އިން ބުނެފައިވަނީ ވިޔަފާރި ކެޓަގަރީ އިން 600 ޔުނިޓުން މައްޗަށް މުޅިން އާ ތިން ބޭންޑް އިތުރުކޮށް، މިހާރު އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެ އަަލަށް ތައާރަފުކުރި ބަދަލަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.
ސާކިއުލާގައި ބުނެފައިވަނީ 600-3000 ޔުނިޓާ ދެމެދު ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ޔުނިޓަކަށް 4.35 ރުފިޔާ ނަގާނެ ކަމަށެވެ.  އަދި 3000-10000 ޔުނިޓާ ދެމެދު ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ޔުނިޓަކަށް 5.75 ރުފިޔާ ނަގާއިރު 10،000 ޔުނިޓުން މަތީ އަދަދަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް 6.65 ރުފިޔާ ނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ