ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ސްކޫލް ކުދިންނަށް އަމާޒުކޮށް ފޮޓޯ ނެގުމުގެ މުބާރާތެއް

މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެންވަޔަރަމެންޓް މިނިސްޓްރީ އާއި މޯލްޑިވްސް ފޮޓޯގްރަފާރޒް އެސޯސިއޭޝަން ގުޅިގެން ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
"ދެމެހެއްޓެނެވި ތަރައްޤީއަކަށް ތިމާވެށި" މިތީމްގެ ދަށުން، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ތިން ކެޓަގަރީ އަކަށް ފޮޓޯ ހުށައެޅޭނެއެވެ. އެއީ ފެން/ހަކަތަ ، ވޭސްޓް/ ޕޮލިއުޝަން އަދި ބަޔޯޑައިވާރސިޓީ އެންޑް ލައިވްލިހުޑް މި ތިންދާއިރާއެވެ.
މި މުބާރާތުގެ މަޤްސަދަކީ ދަރިވަރުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށީގެ ހާލަތާއި މައްސަލަތައް ފޮޓޯގެ ޒަރިއްޔާއިން ފާޅުކުރުމުގެ ފުރުޞަތު ހޯދައިދިނުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެއެވެ.
މި މުބާރާތުގައި ދަރިވަރުން ބައިވެރިކުރެވޭނެ އުމުރުފުރާތަކަކީ
ވަނަ ހޮވުމުގައި ކޮންމެ އުމުރުފުރާ އަކުންވެސް އެއްވަނަ، ދެވަނަ ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
ފޮޓޯ ހުށައަޅާއިރު ފޮޓޯއާއެކު، ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް، ފޮޓޯ ނަގާފައިވާ ތަނާއި ތާރީޚް، ފޮޓޯގެ ކެޕްޝަން އަދި ފޮޓޯ ހުށަހެޅުނު ކެޓަގަރީއާ ފޮޓޯ އާއި ހުރި ގުޅުން ބަޔާންކޮށް ލިޔުން ކޮޅެއް 40 ބަހަށް ވުރެ ގިނަ ނުވާގޮަތަށް އިންނަންވާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.
މި މުބާރާތައް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2016 އެޕްލިކޭޝަން ފޯރމް" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ރިސެޕްޝަނަށް ފޮޓޯގެ ސޮފްޓްކޮޕީއާއި (ސީޑީ، ޑީވީޑީ، ޕެންޑްރައިވް،) އެކު ހުށަހެޅުމުން މުބާރާތުގައި ބައިވެރި ވެވޭނެ ކަމަށާއި، 05 މެއި 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1330 އާއި ހަމައަށް ފޯމު ބަލައިގަންނާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ