ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަށް އޮޕަރޭޝަން ނުކޮށްފިނަމަ އެމަނިކުފާނުގެ ހަށިގަނޑުގެ އެއްފަޅީގެ ވާގި ނެތިދާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންނާ ވިދާޅުވި ކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ނުފޮނުވި ލަސްވެގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން އުޅުއްވިއެވެ. އަދި ރައީސް ނަޝީދު ބޭރަށް ފޮނުވުން ލަސްވެގެން އުޅުނީ އެމަނިކުފާނުގެ ބަލިހާލަތު ހުރިގޮތުން ހަށިގަނޑުގެ އެއްފަޅި ވާގިނެތޭ ހިސާބަށް ގޮސްފައިވާތީ ކަމަށް، އޭރު އެމަނިކުފާނުގެ ބައިނަލް އަގުވާމީ ވަކީލުންނާއި ދިވެހި ވަކީލުން ވިދާޅުވަމުން ގެންދެވި ކަމަށްވެސް، އުމަރު ވިދާޅުވިއެވެ.
ނަމަވެސް އެއްފަޅި އައްސިވެގެން އޮޕަރޭޝަން ކުރާތަނެއް ނުފެންނަ ކަމަށާއި، އުއްމީދުކުރައްވަނީ ވީހާވެސް އަވަހަކަށް ރައީސް ނަޝީދު އޮޕަރޭޝަން ކުރެއްވުން ކަމަށްވެސް، އުމަރު ވިދާޅުވެފައިވެއެވެ.
"ކުރިން އެބޭފުޅުން ވިދާޅުވެފަ އޮތީ މާގިނަ ދުވަސް ވެއްޖެއްޔާ ވާގި ހިނގައިދާނެ ކަމަށް. އެހެންވީމަ، އުއްމީދަކީ ވީހާވެސް އަވަހަކަށް މި އޮޕަރޭޝަން ކުރެއްވުން" އުމަރު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންއާ ބައްދަލުކުރައްވާފައިވާއިރު، ކެމެރަންގެ ލަފާފުޅުގެ މަތިން ރައީސް ނަޝީދު ދާދިފަހުން ވަނީ ޑޮކްޓަރަކަށް ވެސް ދައްކަވާފައެވެ.
އަވަހަށް އޮޕަރޭޝަން ނުކޮށްފިނަމަ ނަޝީދުގެ ހަށިގަނޑުގެ އެއްފަޅީގެ ވާގި ނެތިދާނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ