ހުޅުމާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

ކަރަންޓް ކެނޑުމުގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާ ހުޅުމާލޭގެ ގިނަ ސަރަހައްދު ތަކުން މިރޭ ވެސް ކަރަންޓް ކެނޑިއްޖެއެވެ.
ހުޅުމާލޭގެ ކަރަންޓްގެ މައްސަލަ ހައްލު ވެފައިވާކަމަށް މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ސްޓެލްކޯ އިން ބުނެފައި ވީނަމަވެސް އޭގެ ފަހުން ވެސް ހުޅުމާލެ އިން އާންމުކޮށް ކަރަންޓް ކެނޑެއެވެ. މިއަދުވެސް ދެތިން ފަހަރު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނު ކަމަށް ވެއެވެ.
ނަމަވެސް ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލަ މިއަދު ދިމާވެފައި ނުވާ ކަމަށާާއި ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ކުރުމަށް މިރޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ