އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަވަހާރަވެއްޖެ

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެންޓޮނިން ސްކާލިއާ އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 79 އަހަރުގެ ސްކާލިއާ އަވަހާރަވީ، އަވަހަރާފުޅުލައްޕަވައިގެން އޮތްވާ "ގުދުރަތީ" މަރަކުން ކަމަށް ރިޕޯޓުތަށް ބުނެއެވެ. އެމެރިކާގެ މާޝަލް ސާވިސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ސްކާލިއާ އަވަހާރަވެފައި އޮތްކަން އެނގުނީ، ހެނދުނު ސައިބޯން ނައުމާ ގުޅިގެން ގޮސް ބެލިއިރު ކަމަށެވެ.
ސްކާލިއާ އަވަހާރަވުމާ ގުޅިގެން، އެގައުމުގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ޖޯން ރޮބަޓްސް ޖޫނިއަރ ވިދާޅުވީ، ސްކާލިއާގެ އަވަހާރަވުމަކީ ކޯޓަށާއި އަދި މުޅި އެމެރިކާއަށް ވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.
"ސްކާލިއާ އަކީ ވަފާތެރި ކަމާއެކީ މަސައްކަތްކުރެއްވި ބޭފުޅެއް. މިއީ ކޯޓަށާއި ގައުމަށް ލިބުނު ބޮޑު ގެއްލުމެއް" ރޮބަޓްސް ވިދާޅުވިއެވެ.
ސްކާލިއާ އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ 1986 ވަނަ އަހަރު، އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ރޮނަލްޑް ރޭގަންއެވެ. ސްކާލިއާ ފާހަގަވެގެން ގޮސްފައިވަނީ، އެމެރިކާގެ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ހަރަކާތްތެރި ފަނޑިޔާރުގެ ގޮތުގައެވެ.
ސްކާލިއާއަކީ އެމެރިކާގެ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ