ސިއްހަތަށް އެންމެ ފައިދާހުރި ގޮތުގައި ފެން ބޯނެ ގޮތާއި ވަގުތު

އެނގޭ ހެއްޔެވެ؟ ފެން ބުއިމަކީ ހަމައެކަނި ކެއުމަށް ފަހު ނުވަތަ ކާތަކެތި ދިރުވާލަން ކުރާ ކަމެއް ނޫނެވެ. ފެން ބުއިމުން މުޅި ހަށިގަނޑަށް އޭގެ ފުރިހަމަ ފައިދާ ލިބެނީ ވަކި ހާއްސަ ވަގުތުތަކެއްގަ އާއި، ވަކި އުސޫލުތަކަކަށް ސަމާލުކަން ދީގެން ފެން ބުއިމުންނެވެ.
ސިކުނޑީގެ މަސައްކަތްތަކުން ފެށިގެން، ޖިސްމާނީ ހަރަކާތްތަކާއި، ކާނާ ހަޖަމުކުރުމުގެ ނިޒާމުގެ އިތުރުން ހަށިގަނޑުގެ ގިނަ ކަންތައްތަކެއް ބެލެހެއްޓުމުގައި ފެން އަދާކުރަނީ މުހިންމު ދައުރެކެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
އެހެންވެ، ހަށިގަނޑުގެ އިންޖީނުގެ ރަނގަޅަށް ހިންގާލުމަށްޓަކައި، ހެނދުނު ހޭލާ ގޮތަށް 1 ނުވަތަ 2 ތަށި ފެން ބުއިމަކީ ރޭގަނޑު ހަށިގަނޑުން މަދުވެފައިވާ ފެން ހަމަކޮށްދީ މެޓަބޮލިޒަމް ހޭލައްވާލައިދޭ ކަމެކެވެ. 
ކެއުމުގެ 30 މިނެޓު ކުރިން ފެން ތަށްޓެއް ބުއިމުން ކާނާ ހަޖަމުކުރުމަށް އެހީތެރިވެ ބަރުދަން ކޮންޓްރޯލް ކުރަން ފަސޭހަވާއިރު، ކައި ނިމިގެން 30 އާއި 45 މިނެޓު ފަހުން ފެން ބުއިމުން ހަޖަމުކުރުމުގެ ނިޒާމުގެ ހިންގުން އަވަސްވެއެވެ. އަދި ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުން ފެން ބުއިމަކީ ދާހިއްލުމުގެ ސަބަބުން މަދުވާ ފެން ފުރައިދޭ ކަމެކެވެ.
މީގެއިތުރުން ފެންވެރުމުގެ ކުރިން ފެން ތަށްޓެއް ބުއިމުން ބްލަޑް ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭއިރު، ނިދުމުގެ ކުރިން ކުޑަ ފެންފޮދެއް ބޯލުމުން ރޭގަނޑު ހަށިގަނޑު ހައިޑްރޭޓްކޮށްދެ އެވެ. ނަމަވެސް ނިދުމުގެ ކުރިން މާގިނައިން ފެން ބުއިމުން ނިދި ހަރާބުވެ، ފާހާނާއަށް ދާންޖެހޭ އަދަދު ގިނަވެދާނެ އެވެ.
ފެން ބޯންވީ އެންމެ ރަނގަޅު ގޮތަށް ބަލާއިރު، ކޮޅަށް ހުރެ ފެން ބުއިމުގެ ބަދަލުގައި އިށީނދެ އިނދެގެން ފެން ބުއިމަކީ ރަސޫލާގެ ސުންނަތެކެވެ. އޭގެ ފައިދާތައް މިހާރުގެ ހޯދުންތަކާއި ސައިންސުން ވަނީ ކަށަވަރުވެފަ އެވެ. އެއީ ސިއްހީ ގޮތުންވެސް ގުދުރަތީ ގޮތުން ފެން ހަށިގަނޑަށް އެންމެ ރަނގަޅަށް ފޯރުކޮށްދޭ ގޮތެވެ.
އެއްފަހަރާ މުޅި ތަށި ނިންމާލުމުގެ ބަދަލުގައި، މަޑުމަޑުން (3 ނޭވާއިން) އެތިފޮދު އެތިފޮދުން ފެން ބުއިމުން ހަޖަމުކުރުމުގެ ނިޒާމަށް ބާރުބޮޑެއް ނުވެ އެވެ.
ކާތަކެއްޗާއެކު މާގިނައިން ފެން ބޯނަމަ ބަނޑުގައި ހުންނަ ހަޖަމުކުރާ އެސިޑްތައް ފްލަޝްވެ ކާނާ ހަޖަމުވުމަށް ހުރަސްއެޅޭތީ އެކަމަށް ސަމާލުވާންޖެހެ އެވެ. މީގެއިތުރުން މާ ފިނި ފެނުގެ ބަދަލުގައި އާދައިގެ ރޫމް ޓެމްޕަރޭޗަރުގައި ހުންނަ ފެން ނުވަތަ ތާފަނާ ފެން ބުއިމަކީ ހަޖަމުކުރުމަށާއި މެޓަބޮލިޒަމަށް އެންމެ ރަނގަޅު ގޮތެވެ.
އާދައިގެ ބޮޑު މީހަކު ދުވާލަކު މަދުވެގެން 2 އާއި 3 ލީޓަރާ ދެމެދުގެ ފެން ބޯންޖެހޭއިރު، މުހިންމީ އެއްފަހަރާ ގިނައިން ބުއިމުގެ ބަދަލުގައި ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައިގެން ފެން ބުއިމެވެ.
މައުލޫމާތު: ހެލްތުލައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ