އަށާރަ ނުފުރޭ ކުދިން ކައިވެނިކުރުމަށް ހުއްދަދިނުން ސުޕްރީމް ކޯޓުގެ ދަށަށް

އުމުރުން 18 އަހަރު ނުފުރޭ ކުދިން ކައިވެނިކޮށްދިނުމުގެ ބާރު މީގެ ކުރިން ފެމިލީ ކޯޓަށް ލިބިދީފައި އޮންނަމަވެސް، މިއަދު އާއިލާއާ ބެހޭ ޤަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު، މީގެ ފަހުން އެފަދަ ކައިވެންޏެއް ކުރެވޭނީ ސުޕްރީމް ކޯޓްގެ ހުއްދަ ހޯދައިގެން ކަމުގައި ހަމަޖައްސައިފިއެވެ.
މިހާރު ކަނޑައެޅިފައިވާގޮތުން، ޤާނޫނީގޮތުން ކުޑަކުދިން ކަމުގައި ބަލާ އެއްވެސް ފަރާތެއް ކައިވެނި ކޮށްދެވޭނީ، ޖެންޑާ މިނިސްޓްރީއިން ތައްޔާރު ކުރާ އެސެސްމަންޓް ރިޕޯޓެއް ހިމެނޭގޮތުގެ މަތިން، ފެމިލީ ކޯޓުން އެކަން ސުޕްރީމް ކޯޓަށް ހުށަހަޅައި، ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެންނެވެ.
މީގެ އިތުރުން، ޤާޒީގެ ވަލީއަށް ކުރެވޭ ކައިވެނިތައްވެސް މީގެފަހުން ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އުއްތަމަ ފަނޑިޔާރު ހުއްދަ ދިނުމުން ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މި ގެނެވުނު އިސްލާހާއެކު، އެކިއެކި ފަރާތްތަކުން ކުޑަކުދިންނާ ކައިވެނިކުރުން މަދުކުރެވޭނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ