މާލޭގައި ކުރިން އެއްހާސް ރުފިޔާ ނާރާ ކަރަންޓް ބިލަކަށް މިމަހު ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ އަރައިފި

މީގެ ކުރިން އެއްހާސް ރުފިޔާ ވެސް ނާރާ މާލޭގެ ގެއެއްގެ ކަރަންޓް ބިލަކަށް މިމަހު 63،000 އަށް ވުރެ ގިނަ ރުފިޔާ އަރައިފި އެވެ.
"ވަގުތަށް" ކޮޕީ ލިބިފައިވާ ސްޓޭޓް އުލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މި އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ތައްޔާރުކޮށް ފޮނުވާފައިވާ އެ ބިލްގައިވާ ގޮތުން ބިލުގެ ޖުމްލަ އަދަދެއްގެ ގޮތުގައި ދައްކަންޖެހެނީ 63،758.27ރ. (ފަސްދޮޅަސް ތިން ހާސް ހަތްސަތޭކަ ފަންސާސް އަށް ރުފިޔާ ހަތާވީސް ލާރި) އެވެ.
ނަމަވެސް ހަމަ އެ ގޭގެ ކަރަންޓް ބިލަށް މިދިޔަ ސެޕްޓެމްބަރު މަހު އަރާފައި ވަނީ 623.81ރ. އެވެ. އޭގެ ކުރީ މަހުގެ ބިލަށް އަރާފައި ވަނީ 594.41ރ. އެވެ.
ބޮޑު ކަރަންޓް ބިލެއް ލިބުނު ގެއިން ވާހަކަ ދެއްކި މީހަކު ބުނީ އެގެއަކީ މަދު ބަޔަކު އުޅޭ ގެއެއް ކަމަށާއި މިހާ ބޮޑު ކަރަންޓް ބިލެއް އަންނަން ޖެހޭ ސަބަބެއް ނޭންގޭ ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން އެގޭގެ ކަރަންޓް ބިލަށް 1000 ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް އަރާފައި ނުވާ ކަމަށެވެ.
މިއީ ބިލް ތައްޔާރު ކުރުމުގައި އެރި އޮޅުމެއްގެ ސަބަބުން ވީކަމެއް ކަމެއް ނުވަތަ ހަޤީޤަތުގައި ވެސް ގިނައިން ކަރަންޓް ބޭނުން ކުރުމުން އައި ބަދަލެއް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ