މަލީޝާ ޙައްޖު ގުރޫޕުން ފައިސާ ނަގާފައިވާ މައްސަލާގައި ހޯދަމުންދާ މީހާގެ މައުލޫމާތު އާންމުކޮށްފި

އިސްމާޢީލް ޢަބްދުއްލަޠީފް | ފޮޓޯ: ޕޮލިސްމަލީޝާ ޙައްޖު ގުރޫޕުން ފައިސާ ނަގާފައިވާ މައްސަލާގައި ހޯދަމުންދާ މީހާގެ މައުލޫމާތު އާންމުކޮށްފިއެވެ.ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްގެ ފަރާތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން އެޖަމާއަތުގެ ވެރިޔާ އިސްމާޢީލް ޢަބްދުއްލަޠީފް  ތަޙްޤީޤަށް ހާޒިރުކުރަން ބެލިއިރު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައި ވާތީ އޭނާ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިސަރވިސްއިން ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެފުލުހުން ހާމަކުރާ ގޮތުގައި މިމައްސަލަ ހުށަހެޅުމާއި ގުޅިގެން، މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްގެ އިސްފަރާތްކަމުގައިވާ، ހުޅުމާލޭ އާފިނިވިލާ އުމުރުން 42 އަހަރުގެ އިސްމާޢީލް ޢަބްދުއްލަޠީފް ތަޙްޤީޤަށް ހާޒިރުކުރަން ބެލިއިރު “އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވާ”ކަމަށާއި “މީނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިދެއްވުން” އިލްތިމާސްކުރާ ކަމަށެވެ.މިއަހަރުގެ ޙައްޖަށް މީހުން ގެންދިއުމަށް އެޖަމާއަތުން ވަނީ އެތައް ބަޔެއްގެ އަތުން ފައިސާ ނަގާފައެވެ. ފައިސާ ނަގާފައިވާ މީހުންގެ އަދަދު މިހާތަނަށް ސާފު ވެފައިނުވާއިރު އެމައްސަލައާއި ގުޅިގެން 52 މީހަކު މިހާތަނަށް ފުލުހުންނަށް އެކަމުގެ ޝަކުވާ ހުށައަޅާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.މިމައްސަލައާއި ގުޅިގެން ފުލުހުން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ 1433 ވަނަ އަހަރު ޙައްޖަށް ދިއުމަށްޓަކައި މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއަށް ފައިސާ ދައްކާފައިވާ އެންމެހާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމަޢުލޫމާތު ދެއްވުމަށް އިލްތިމާސް ކުރާ ކަމަށާއި މަލީޝާ ހައްޖު ގްރުޕްގެ ވެރިޔާ އިސްމާޢީލް ޢަބްދުއްލަޠީފް ގެ މައުލޫމާތެއްވެސް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 3322111 ނުވަތަ 9790048 މި ނަންބަރުތަކަށް ގުޅުއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ