އިންކަމް ޓެކްސް ނަގާނަމަ މަޖިލީސް މެންބަރުންނާއި ފަނޑިޔާރުންގެ އެކައުންޓްތަކަށް ވަންނަ ރިޝްވަތުގެ ފައިސާ އެނގިގެންދާނެ ކަމަށާއި އެފަދަ ޓެކްސްއެއް ނެގުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ސަރުކާރެއްގައި އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ކެންޑިޑޭޓް އިބޫ ވަނީ ވިދާޅުވެފައެވެ.
އިބޫގެ ވެަޑައިގެންނެވި ވައުދަށް ތާއީދުކުރައްވާ އިންކަމް ޓެކްސްއާއި ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ، ޓެކްސް ގެ ނިޒާމު އަލުން މުރާޖާކޮށް އިންތިހާއަށް މުއްސަދި ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގައި އަސާސީ ހިދުމަތް ލިބުމުގައި މުއްސަދިންނާ ފަގީރުންގެ ފަރަގު ކުޑަ ކުރުމަށް ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ހުށަހަޅުމަށް ތާއީދު ކުރައްވާކަމަށެވެ. ސުއޫދު ވިދާޅުވީ، އިންކަމް ޓެކްސްގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަގުފަހިވާނެ ކަމަށާއި މިފަދަ ޓެކްސްއެއް ނެގުމަށް ދެކޮޅު ހަދާނީ ވަގު ވިޔަފާރި ކުރާ މީހުންނާއި ޑްރަގް ވިއްކާ މީހުންނާއި ކަޅުފައިސާ ދޮންނަ މީހުން ކަމަށެވެ.
މަހު މުސާރަ ލިބޭ މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ އެކައުންޓަށް ކޮން ފައިސާއެއްކަން ނޭނގޭ ގޮތަށް ރިޝްވަތުގެ ފައިސާ ޖަމާކޮށްފިނަމަ އިންކަމް ޓެކްސްގެ ނިޒާމުގެ ތެރެއިން އެފައިސާ ހާމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު ފުރިހަމަ ޓެކްސްގެ ނިޒާމެއް ތައާރަފްކުރުމަށްޓަކާއި އިންކަމް ޓެކްސް ނެގުމުގައި އުސޫލުތަކެއްވެސް އޭރު އިއުލާނު ކުރިއެވެ. އެގޮތުން 30000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ތިން ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ބޭންޑަކުން ޓެކްސް ނެގުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ހާމަކުރާ ގޮތުގައި އިންކަމް ޓެކްސް ނެގުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރާނީ ޓެކްސްގެ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމަށްޓަކައެވެ. އެހެން ކަމުން އިންކަމް ޓެކްސް ނެގުން އެއީ އަދި މިސަރުކާރުން ކުރަން ވިސްނާފައިވާ ކަމެއް ނޫނެވެ.
އިންކަމް ޓެކްސްއިން ފަނޑިޔާރުންނާއި މެމްބަރުން ނަގާ ރިޝްވަތުގެ ފައިސާ އެނގޭނެ: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ