ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެކު ހއ. އަތޮޅު ކެމްޕެއިނުގައި ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ އަލީ ފަޒާދު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ފަޒާދު ވަނީ އޭނާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންދާކަން "ރާއްޖެއެމްވީ" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ހޯރަފުށީގައި ބާއްވާ ޖަލްސާގައި ފަޒާދު ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރަސްމީކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު ކެމްޕެއިންއަށް ފަޒާދު ނިކުންނެވި އިރު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އޭނާގެ އުފަންރަށް ފުވައްމުލަކަށް ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ފަޒާދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިނުގައި ފަޒާދު ބައިވެރިވެވަޑައިގެންނެވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކަށް ނިސްބަތްވާ ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރުންގެ ތާއިދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ މިވަނީ ލިބިލައްވާފަ އެވެ. އެގޮތުން ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު، މަޖިލިސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދެ އެވެ. އަދި މަޖިލިސް އޮތީވެސް ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.
ފަޒާދު އަދި ހުންނެވީ ޕީޕީއެމް މެމްބަރެެއްގެ ގޮތުގައެވެ. ނަމަވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ އަދި އެހެނިހެން ޕީޕީއެމް ވައިބަރ ގްރޫޕްތަކުން ފަޒާދު މިހާރު ބޭރުކޮށްލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޯލިޝަންގެ ކެމްޕެއިންގައި މެމްބަރު ފަޒާދު ބައިވެރިވެވަޑައިގަންނަވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ