ކުރީގެ ރައީސް މައުމޫން ސަރުކާރުގައި މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާގައި ކުރިއަށްގެންދާ ޖަލްސާގައި ބައިވެރިވެއްޖެއެވެ.
މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދާ ބޮޑު ޖަލްސާގައި މައުމޫންގެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނޭ، އުމަރު ޒާހިރުގެ އިތުރުން، އަނީސާ އަހުމަދު އާއި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު އައްބާސް އިބްރާހީމް ވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
އަނީސާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މި ސަރުކާރުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. އަނީސާ ރައީސް ޔާމީންގެ ސަރުކާރުން އިސްތިއުފާ ދެއްވީ ރައީސް މައުމޫން ހައްޔަރު ކުރުމުންނެވެ.
އައްބާސް އަކީ މައުމޫންގެ ސަރުކާރުގައި ވަޒީރުކަމާއި މަޖިލީސް މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އުމަރު ޒާހިރު އާއި އަނީސާ އިދިކޮޅު ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަމުން ދާއިރު، މި ބޭބޭފުޅުން މީގެ ކުރިން ވެސް ވަނީ އިދިކޮޅު ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.
މައުމޫން ދައުރުގެ މިނިސްޓަރުން ވެސް އިދިކޮޅު ޖަލްސާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ