އިނގިރޭސި ޕްރިމިއަ ލީގުގައި އާސެނަލް މިވަގުތު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އެ ޓީމުގެ ދިވެހި ސަޕޯޓަރުން ވެސް ތިބީ އުފަލުންނެވެ. އެ އުފާވެރިކަމަށް އޮތް އަނެއް އިތުބާރަކީ ދުނިޔޭގެ ކުޅިވަރުތަކުގެ ތަފާސްހިސާބުގެ ސިކުނޑި، އޮޕްޓާގެ ލަފާކުރުންތަކެވެ.
އެންމެ ފަހުން އޮޕްޓާގެ ލަފާކުރުންތަކުން ބުނަނީ އާސެނަލްއަށް ޕްރިމިއަ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު %71 އަށް އަރާ ކަމަށެވެ. އެ ޓީމާ އެންމެ ކައިރިން ވާދަކުރާ މެންޗެސްޓަ ސިޓީއަށް އޮތް ފުރުސަތުގެ ނިސްބަތަކީ އެންމެ %12 އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ދެނީ %10 އެވެ.
މި ހަފުތާގެ ކުޅުން ނިމުނު އިރު އާސެނަލް ތާވަލްގެ އެއްވަނާގައި އޮތީ 25 ޕޮއިންޓާ އެކުގަ އެވެ. ދެވަނާގައި ސިޓީ އޮތީ ހަ ޕޮއިންޓް މަދުން، 19 ޕޮއިންޓް ލިބިގެންނެވެ. ލިވަޕޫލަށ ް18 ޕޮއިންޓެވެ.
އޮޕްޓާއިން ލަފާކުރާ ގޮތުގައި އާސެނަލްގެ މިހާރުގެ ކުޅުން ކުރިއަށް ގެންގޮސްފި ނަމަ ޕްރިމިއަ ލިގު ނިމޭ އިރު 81 ޕޮއިންޓަށް އަރާނެ އެވެ. މެންޗެސްޓަ ސިޓީއަށް 70 އަދި ލިވަޕޫލަށް 69 ޕޮއިންޓެވެ.
ޕްރިމިއަ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ބަލިވެފައި ވަނީ ލިވަޕޫލް އަތުން އެކަންޏެވެ.
މިދިއަ ތިން ސީޒަންގައި ވެސް އާސެނަލްއަކީ ޕްރިމިއަ ލީގުގެ ދެވަނަ އެވެ. އާސެނަލްއަށް އިނގިރޭސި ލީގު ކާމިޔާބުނުކުރެވި މިހާރު 20 އަހަރު ވޭތުވެއްޖެ އެވެ. އެހެންކަމުން އާސެނަލްގެ ވެސް އަދި ސަޕޯޓަރުންގެ ވެސް އެންމެ ބޮޑު އުއްމީދަކީ އެ އުނިކަން މާޒީވުމެވެ.
އޮޕްޓާ ބުނަނީ ޗެމްޕިއަންކަން ހޯދުން ގާތީ އާސެނަލް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ