ފަހި ދިރިއުޅުން 4000 ފްލެޓްގެ ބަދިގެއަށް ގަވިންގެ އާ ޕެކޭޖްތަކެއް ފަހި ދިރިއުޅުން 4000 ފްލެޓްގެ ބަދިގެއަށް ގަވިންގެ އާ ޕެކޭޖްތަކެއް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދޫކުރަމުންދާ 4000 ފްލެޓްގެ ބަދިގެއަށް ގަވިންގެ އާ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.
ގަވިން އިން އިއްޔެ ތައާރަފްކުރި މި ޕެކޭޖްތައް ތައާރަފްކޮށްފައިވަނީ އަމާން އުދަރެސް އަދި އަދި އަމާން ދޯދި ހުރިހާ ޓައިޕަކަށް ހާއްސަކޮށްގެންނެވެ.
އޮޕްޝަން 1: އެންމެ އަގު ހެޔޮ
އޮޕްޝަން 2: ކުޑަކޮށް އަގުބޮޑު އިތުރު ސާމާނާއެކު
އޮޕްޝަން 3: އެންމެ އަގުބޮޑު އަދި އިތުރު ސާމާނާއެކު
ޕެކޭޖްތައް ޑިޒައިން ކޮށްފައިވަނީ ދެ ކޮޓަރި އަދި 3 ކޮޓަރީގެ ކޮންމެ ތާކަށް 3 އޮޕްޝަނެއް ލިބޭގޮތަށެވެ.
ޕެކޭޖް ތަކުގެ ތަފްސީލް ގަވިންގެ ފޭސްބުކް އަދި އިންސްޓަގްރަމް ޕޭޖުގައިވެސްވަނީ ހިމަނާފަ އެވެ.
މި ޕެކޭޖްތަކުގައި ހިމެނޭ ޕްކޭޖްތަކުގެ އިތުރުން ކަސްޓަމައިޒްކޮށް ޑިޒައިން ކޮށްދިނުމުގެ ޚިދުމަތް ވެސް ދެވޭނެކަމަށް ގަވިންއިން ބުނެ އެވެ.
ޕެކޭޖްތައް ތައްޔާރުކުރެވިފައިވަނީ ކޮންމެ ފެންވަރެއްގެ ޕެކޭޖެއް ބޭނުންފުޅުވާ ބޭފުޅުންނަށްވެސް ނެގޭނެ މިންގަޑުތަކެއްގަ އެވެ.
މި ޕެކޭޖްތަކުގައި ހިމެނޭ ސާމާނުގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ސާމާނާއި އަދި ޑިޒައިނަށް ގެންނަން ބޭނުންވާ ބަދަލުވެސް ގަވިންއިން ގެނެސްދެ އެވެ.
ގަވިންގެ ކޮންމެ ޕެކޭޖެއްގައި ހިމެނޭ ޑިޒައިންތައްވެސް ހިމެނިފައިވަނީ ޒަމާނީ ބަދިގެއެއްގެ ފުރިހަމަ ޑިޒައިން ތަކަކަށެވެ.
ގަވިންގެ އުފެއްދުންތައް މޯލްޑިވްސް އިސްލާމިކް ބޭންކް މޯލްޑިވްސް ފައިނޭސް ލީސިންގް ކޮމްޕެނީ އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމްތައްވެސް ގަވިންއިންވަނީ ހަމަޖައްސާފަ އެވެ.
ގަވިންގެ ދެ ފިހާރައެއް މިހާރުވެސް މާލޭގައި ހުރެއެވެ. މީގެ އިތުރުން ހުޅުމާލޭގައިވެސް ގަވިންގެ ފިހާރައެއް ހުރެ އެވެ.
ގަވިންގެ އާ ފިހާރައެއް ބޮޑުތަކުރުފާނުމަގު މ އަރީކާގައި ހުޅުވުމަށްދަނީ ތައްޔާރުވަމުންނެވެ.
ޕެކޭޖްތަކާބެހޭ މައުލޫމާތު އަދި ގަވިންގެ އިތުރު ޚިދުމަތްތަކާބެހޭ މައުލޫމާތު 9348899 , 9588899 ނުވަތަ 9588833 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ