ރާއްޖޭގެ ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީތައް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުޑަކޮށްފި އެވެ.
ކުރިން ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީ އަށް އަހަރަކު 1،000 ޑޮލަރު ނަގަމުން ގޮސްފައިވާ އިރު އަލަށް ގެނައި ބަދަލާ އެކު ގެސްޓްހައުސްތަކުގެ ތެރެއިން 25 އަށް ވުރެ ކޮޓަރިތައް މަދުން ދެން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. އަދި އެއަށް ވުރެ އިތުރަށް ކޮޓަރި ހިންގާ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ.
ޓްރެވަލް އޭޖެންޓުންނާއި ސަފާރީތަކުން ވެސް މެންބަޝިޕް ފީގެ ގޮތުގައި ދައްކަން ޖެހޭނީ 750 ޑޮލަރެވެ.
މެންބަޝިޕް ފީގެ ގޮތުގައި ރިސޯޓުތަކުން ދައްކަމުން އަންނަނީ 2،000 ޑޮލަރެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ޓޫރިޒަމް ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މެމްބަޝިޕް ފީ އަށް އެ ބަދަލު ގެނައީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމާއި ޓޫރިޒަމް އިޝްތިހާރުކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ކަމަށެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މެންބާޝިޕް ފީ ކުޑަކޮށް ދިނުމުގެ އިތުރުން ކުދި ވިޔަފާރިތަކަށް ރޯޑްޝޯތަކާއި ޓޫރިޒަމް ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް އެ ކުންފުނީނުގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދޭން ވެސް ނިންމާފައިވާ ކަމަށެވެ އެކުންފުނިން ބުންޏެވެ. އަދި އެތަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރުކުރުމަށް ބޭނުންކު ރެވޭނެ ފެންވަރު ރަނގަ ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
ގެސްޓްހައުސް މެމްބަޝިޕް ފީ ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ