ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 16) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ގަދްސިއާއާ ހަވާލުވުމަށް، އަޔަލެންޑްގެ ކޯޗު، ބްރެންޑަން ރޮޖާސްއާ އެކު އެ ކްލަބުން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ލެސްޓާ ސިޓީ އާއި ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާސް، މިދިޔަ އޮކްޓޫބަރު މަހު ސްކޮޓްލެންޑްގެ ސެލްޓިކްގެ ކޯޗުކަން ދޫކޮށްލި ފަހުން ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އެ މުއްދަތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބެއްގެ އޮފާ ލިބުމުން ވެސް ރޮޖާސް ވަނީ ދޫކޮށްލައިފަ އެވެ.
ސައުދީ ލީގުގެ ފަސް ވަނައިގައި އޮތް އަލް ގަދްސިއާ އިން ދާދި ފަހުން ވަަނީ އެ ޓީމުގެ ކޯޗަކަށް ހުރި މިޗެލް މަގާމުން ދުރުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، މިޗެލް، ވަކިކުރީ ރޮޖާސްއާ އެކު އަނގަބަހުން އެއްބަސްވުމަކަށް އަތުވުމަށް ފަހު އެވެ.
ރޮޖާސް، ސެލްޓިކާ ދެ ވަނަ ފަހަރަށް ހަވާލުވެ، އެ ޓީމުން ވަކިވީ، ކްލަބްގެ ބޯޑު މެމްބަރުންނާ ޖެހުނު މަައްސަލަތަަކަކަށް ފަހު އެވެ.
އެންމެ ފުރަތަމަ ސެލްޓިކްގެ ކޯޗުކަމާ ހަވާލުވެ، ރޮޖާސް ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަންގެ މެދުތެރެއިން ސެލްޓިކްގެ ކޯޗުކަން ދޫކޮށް، ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އެކަމާ ގުޅިގެން ސެލްޓިކްގެ ސަޕޯޓަރުން ރޮޖާސްއާ މެދު ހިތްހަަމަނުޖެހުނެވެ. ލެސްޓާގެ ކޯޗުކަމުން ވަކިކުރުމުން، ރޮޖާސް އަލުން ސެލްޓިކަށް ދިޔައީ، 2023 ވަނަ އަހަރުގެ ޖޫން މަހުގައި، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ތިން އަހަރުގެ ކޮންޓްރެކްޓް އެއްކޮށް ސެލްޓިކްގައި ފުރިހަމަކުރާނެ ކަމަށް ބުނި، ރޮޖާސް، އެ ޓީމު ދޫކޮށްލަން ޖެހުނީ، ކްލަބްގެ މެޖޯރިޓީ ހިއްސާދާރު، ޑާމޮޓް ޑެސްމޯންޑްއާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން، މައްސަލަ ހޫނުވެގެން ގޮހެވެ.
ސެލްޓިކުން ރޮޖާސް ވަކިވިކަން އިއުލާނުކުރިތާ 15 މިނިޓް ފަހުން، ޑެސްމޯންޑް، އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރޮޖާސް، ބަހާއި އަމަލު ދިމާވެފައިނުވާ ކަމަށާއި ކްލަބްގެ މެދުގައި މައްސަލަތައް ގޮސްވާތީ އޭނާ މަގާމުން ވަކިވާން ޖެހުނީ ކަމަށެވެ.
ރޮޖާސް، ސައުދީ ލީގުގެ އަލް ގަދްސިއާއާ ހަވާލުވަނީ ރޮޖާސް، ސައުދީ ލީގުގެ އަލް ގަދްސިއާއާ ހަވާލުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ