އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ނިޔަމި ކޯސް 2” ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ކޯހަކީ އައްޑޫ ގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި އަދި މަސްވެރިންނަށް އަމާޒުކޮށްގެން މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް ނޮވެމްބަރު 30 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެ އިދާރާގެ (ފޯނު ނަންބަރު: 7925003) އަށް ވައިބަރ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މާހައުލު ގާއުމުކުރެވިއްޖެ: އަބްދުއްރަހީމް ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ބަލަން: ފައިސަލް ނަސީމް ލޯކަލް ޕްލޭޓްގެ ނަމުގައި އައްޑޫ ރަހަތަކަށް ޚާއްޞަ ރެސްޓޯރެންޓެއް ހުޅުމާލޭގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ