އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކުން މިރޭ ކަރަންޓު ކެނޑިއްޖެ އެވެ.
ތަފްސީލް - މައުލޫމާތު ލިބޭ ގޮތުގައި މިރޭ ކަރަންޓު ކެނޑުނީ ޖެނެރޭޓަރެއް އޯވާލޯޑުވެގެންނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ފެނަކަ ބްރާންޗުން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އިންޖީނުގެ ޑައުންވެފައިވާ ކަމަށެވެ.
"މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ޓީމުން ދަނީ ކުރަމުން،" އައްޑޫ ބްރާންޗުގެ ވައިބާ ޗެނަލަށް ފެނަކައިން ފޮނުވި މެސެޖުގައިވެ އެެވެ.
މި ވަގުތު ހިތަދޫގައި ހުރި މީހަކު ބުނި ގޮތުގައި ކަރަންޓު ކެނޑުނީ މިރޭ 11:00 ޖަހާއެހާކަންހާއިރު އެވެ. އަދި އޭނާ ބުނީ ކަރަންޓު ކެނޑުނު ފަހުން އަދި ކަރަންޓް ނުލިބޭ ކަމަށެވެ.
ފާހަގަކޮށްލެވޭ - މިދިޔަ މަހު ވެސް ޖެނެރޭޓަރެއްގައި މައްސަލައެއް ޖެހިގެން ދެ ފަހަރަކު ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 30 މެގަވޮޓު އިތުރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އެ މަސައްކަތް ކުރުމަށް މި މަހު ޑެފިނިޓް ސޮލިއުޝަންސް ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ