ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން މިއަދު 206 މަޝްރޫއެއް ރާއްޖޭގެ އަމިއްލަ ކުންފުުނިތަކާ ހަވާލުކޮށްފިއެވެ.
ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށާއި އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ވަރަކަށް ދުވަހުގެ ތެރޭގައި ފަށަން ޖެހޭނެ ކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ މަަސައްކަތް އަދިވެސް ކުރިއަށް އެބައޮތް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި މަޝްރޫއުތައް ހިންގަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ތެރެއިން ވެސް އެ ކުންފުނިތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އުމްރާނީ ތަރައްގީގެ ނުވަ ދާއިރާއަކަށް ހާއްސަ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އަތޮޅު ތެރެއަށް ހާއްސަ މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 53 ކުންފުންޏަކާއެވެ.
ފޭދޫގައި އަލަށް އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅުއްވައިފި ޑރ.އަދީލް، މޭޔަރު ނިޒާރަށް: ރޭ ބޭއްވުނު ޖަލްސާއަކީ ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާއެއް އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ