ޅ. ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ނޭޒާ، ޢަބްދުލް ބާސިޠު ޙަސަންފުޅު (34އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުރެންދޫ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކުރެންދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުލްބާސިޠު ޙަސަންފުޅު ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސަރުކާރުން، 206 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އަމިއްލަ ކުންފުުނިތަކާ ހަވާލުކޮށްފި ފޭދޫގައި އަލަށް އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅުއްވައިފި ޑރ.އަދީލް، މޭޔަރު ނިޒާރަށް: ރޭ ބޭއްވުނު ޖަލްސާއަކީ ރައީސް ރައްޔިތުންނާ ބައްދަލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ