ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭމީހާ އެންމެ ކުޑަމިނުން މި ޝަރުޠުތައް ހަމަކުރާށެވެ!

ކަމަކަށް ދަތިވުމުން، ކަމަކަށް ބޭނުން ވުމުން އަދި ހިތްދަތި ޙާލަތެއް މެދުވެރިވުމުން ގިނަ ބައަކު ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރެއެވެ. އަދި ސަޖިދަކޮށް ސަޖިދައިގައި އޮވެގެންވެސް ދުޢާކުރެއެވެ. އަދި ދުޢާކުރުމަށްފަހު އެކަމެއް އެމީހާ އެދުނު ގޮތަށް ހިންމަވައި ނުދެއްވެވުމުން ނުވަތަ ލަސްވުމުން ކަންބޮޑުވެއެވެ. ޝަކުވާވެސް ކުރެއެވެ.
މިފަދަ މީހުންނާއި ކޮށްލަން ޖެހޭ ސުވާލަކީ ތިބާ ދުޢާކުރީ ކޮންޙާލަތެއްގައި ހުރެގެން ހެއްޔެވެ؟ ތިބާ އުޅެމުން އަންނަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށްހެއްޔެވެ؟ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާކުރަންހެއްޔެވެ؟ ދުޢާކުރަން ތިބާއަށް ޝަރުޠު ހަމަވޭ ހެއްޔެވެ؟
އެޝަރުޠަކީ މާބޮޑު ޝަރުޠެއްވެސް ނޫނެވެ. ވަރަށް ލުއިފަސޭހަ ޝަރުތެކެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާ މީހަކު ކަމުގައިވުމެވެ. ފަރުޟުނަމާދުތަކަށް ރައްކައުތެރިވެ ދެންވެސް ތިމާއާއި ޙަވާލުކުރައްވަވާފައިވާ ވާޖިބްތައް އަދާކުރުމެވެ.
ހަމައެއާއިއެކު ޢާއިލީ ގުޅުންތައް ދަމަހައްޓާ މީހަކުކަމުގައިވުމެވެ. އެންމެހައި މީސްތަކުންނަށް އޯގާތެރިވެ އެމީހެއްގެ ފެންވަރުން އެހީތެރިވާ މީހަކު ކަމުގައިވުމެވެ. އެއީ ކަމެއްކޮށްލައިދިނުމުން ނަމަވެސްމެއެވެ.
ޢަޖުމަ ބަލައިލަން ނަމަވެސް މި ޝަރުޠުތައް ފުރިހަމަކޮށްފައި ނިކަން ދުޢާކޮށްބަލާށެވެ! އިން ޝާ ﷲ ވަރަށް ބޮޑު ތަފާތެއް ދައްކަވާނެތެވެ. އެދޭ ކަންތައް ކާމިޔާބުވެ ހިތްހަމަޖެހުން ދެއްވަވާނެތެވެ.
--އިއިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ