ރެއާލުން ހެދި ގޮތް ޕެޑްރީގެ ހަނދާނުން ނުފިލާނެ ރެއާލުން ހެދި ގޮތް ޕެޑްރީގެ ހަނދާނުން ނުފިލާނެ

މެޑްރިޑް (ސެޕްޓެމްބަރު 4) - ރެއާލް މެޑްރިޑުން އޭނާއާ މެދު ކަންތައް ކުރި ގޮތް ހަނދާނުން ނުފިލާނެ ކަމަށް ސްޕެއިން އަދި ބާސެލޯނާގެ މިޑްފީލްޑަރު، ޕެޑްރީ ގޮންޒާލޭޒް ބުނެފި އެވެ.
ލަސް ޕަލްމާސްގެ ޔޫތު ޓީމުން ވިދާލި ޕެޑްރީ، ބާސެލޯނާއާ އެކު ސޮއިކުރުމުގެ ކުރިން، ރެއާލް މެޑްރިޑްގެ ޓްރެއިނިންގެ ޓްރަޔަަލަކަށް ދިޔަ އެވެ. އެކަމަކު، ރެއާލުން ޕެޑްރީ އަށް ފުރުސަތު ނުދިންއިރު، އޭގެ އަހަރެއް ފަހުން، އޭނާ ވަނީ ބާސެލޯނާ އިން ފަހިވި ފުރުސަތެއްގައި އެ ޓީމަށް ސޮއިކޮށްފަ އެވެ.
"ވަލްޑެބޭބަސް (ރެއާލްގެ ޓްރެއިނިން ސެންޓަރު)ގައި އެ ކުރި ތަޖުރިބާ ވަރަށް ވެސް ތަފާތު. އެ މީހުން އަހަރެން ގާތުގައި ބުނީ، އަހަރެންގެ ފަރާތުން އެ ބޭނުންވާ ލެވަލްގެ ކުޅުމެއް ނުފެންނަ ކަމަށް، އެހެންވެ، އަހަރެން ގެޔަށް ފޮނުވާލަން ނިންމީ،" 2019 ވަނަ އަހަރު ބާސެލޯނާ އަށް ސޮއިކުރި ޕެޑްރީ، 22، ސްޕެއިނުގެ ނޫހަކަށް ކެރިއަރާ ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ވެސް ކެރިއަރު ދިޔައީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށް ޕެޑްރީ ވަނީ ބުނެފަ އެވެ. ހާއްސަ ގޮތެއްގައި ޒުވާން އުމުރުގައި އޭނާގެ ކުޅުން ރަނގަޅުވުމުން، މީޑިއާގެ ސަމާލުކަން އޭނާ އަށް މާބޮޑަށް ލިބެން ފެށުން ވެގެންދިޔައީ ނުރަނގަޅު ޕްރެޝަރެއް އައި ކަމެއް ކަމަށް ޕެޑްރީ ވަނީ ފާހަގަކޮށްފަ އެވެ.
"ވަރަށް ގިނަ ގޮތްގޮތަށް އަހަރެންގެ ވާހަކަ ދެކެވިފައި، ލިޔެވިފައި ހުރި، ހަގީގަތުގައި އޭގެއިން ގިނަ ވާހަކަތަކުގައި ހަގީގަތެއް ނެތް. އަހަންނާ ބެހޭގޮތުން ދޮގު ހަދާތީ ވަރަށް ހިތްހަމަނުޖެހޭ. އެކަމަކު، އަމިއްލަ އަށް މަސައްކަތްކުރަނީ އެ ދޮގުތަކާ މެދު ނުވިސްނައި، އަހަރެން ދަނޑުމަތީގައި ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރަން،" ޕެޑްރީ ބުންޏެވެ.
ބާސެލޯނާ އަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ޕެޑްރީ އަކީ ސްޕެއިން ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ