ކެންދޫ ފިރިހެނަކު މާލޭން ގެއްލިގެން ހޯދަނީ
ބ. ކެންދޫއަށް ނިސްބަތްވާ ދިވެހި ފިރިހެނަކު މާލޭން ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަނީ އުމުރުން 33 އަހަރުގެ، ބ. ކެންދޫ، މަންޒިލް، ޝަހުމުالله ސާޖިދު ކަމަށެވެ. ޝަހުމުﷲ މި ވަގުތު ދިރިއުޅެނީ މާލޭގައި ކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. އޭނާގެ ޚަބަރެއް ނުވެގެން، ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކުރީ ރޭގެ ވަގުތެއްގައި ކަމަށް، ފުލުހުން ބުންޏެވެ. އެހެންކަމުން ޝަހުމުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް، ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މީހުން ގެއްލިގެން ދޭތެރެދޭތެރެއިން ރިޕޯޓުކުރާއިރު، އާންމުގޮތެއްގައި އެ މީހުން ހޯދަން އިއުލާނުކުރާ ހިސާބުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ