އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖޭން ގާއިމުކޮށްފި

ގިނަ މީހުން އެއްފަހަރާ ފީނައިގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވިކަމަށް ވީއެމްސީން ބުންޏެވެ.ބާނި އިވެންޓުގެ ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާ ރެކޯޑު ގާއިމްކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.ދުނިޔޭގެ ރެކޯޑް ފޮތުގެ އިތުރުން މި ރެކޯޑު ވަނީ ވީއެމްސީން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަހޯދާފަ އެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ ވީއެމްސީގެ މޭނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ އެވެ.ފީނުމުގެ މި ހަރަކާތުގައި ބައިވެރިން ރެކޯޑު ހެދުމަށްޓަކައި ދޮޅު މިނެޓު ވަނީ ހޭދަކޮށްފަ އެވެ.މި ހަރަކާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ހަރަކާތުން ފެނިގެން ދިޔައީ ދިވެހީންގެ އެއްބައިވަންތަކަން ކަމަށާއި، ދިވެހީންގެ ކަނޑު ހިމާޔަތްކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭން ދިވެހީން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.މި ހަރަކާތަށް ފަހު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ވަނީ ރެކޯޑު މުގުރާލިކަމުގެ ލިއުމާއި ފިލައާއި ނިޝާން ބ. އަތޮޅު ކައުންސިލަށް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ