އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ރޭ ހައްޔަރުކޮށް، އެ ކޮންޓެއިނަރުތަކުގެ ބައިތައް ކ. ތިލަފުށިން ހޯދައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ މުވައްޒަފަކާއި މިފްކޯގެ މުވައްޒަފަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ. އަދި 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 9ގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ރޭ ހިންގި އޮޕަރޭޝަނެއްގައި 52 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ތަފްސީލް - މި މައްސަލައިގެ ތަހުގީގުގައި މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ. އެގޮތުން، ފުލުހުން ބުނީ:
އެ އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
އެނގުން މުހިންމު - މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރީ:
އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) 65 - ބަންދަށް 10 ދުވަސް ޖަހާފައިވޭ
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، 61 - ބަންދަށް 15 ދުވަސް ޖަހާފައިވޭ
މި ދެ މީހުންގެ މައްޗަސް ކުރަނީ އެ ވައްކަން ރާވައި އެކަން ކުރަން ފައިސާ ދިން ކަމުގެ ތުހުމަތު
އޭގެ އިތުރުން، ދެން ހައްޔަރުކުރީ:
މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ - އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 5 ދުވަސް މިދިޔަ ހޯމަ ދުވަހު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ޖަހާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް - އޭނާގެ ބަންދަށް ޖެހީ 10 ދުވަސް
މި ދެ މީހުންގެ މައްޗަށް ކުރަނީ އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތު
ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތައް ހޯދައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ