ސުނާމީއަށް ފަހު ލ. ގަމަށް ބަދަލުވި އެ އަތޮޅު މުންޑޫ އާއި ކަޅައިދޫ މީހުންނަށް ބަދަލުގެ ގޮތުގައި 50،000ރ. ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- މީގެ 10 އަހަރު ކުރިން ގަމަށް ބަދަލުވި އެ އާއިލާތަކަށް، ބަދަލުގެ ގޮތުގައި ފައިސާ ދޭނެ ކަމަށް މިދިޔަ ސަރުކާރުން ވެސް ބުންޏެވެ. އޭރު ސަރުކާރުން އެދުނީ، ހިޖުރަކުރާ އާއިލާތަކަށް ދޭ އެ އިނާޔަތަށް އެދި ހުށަހެޅުމަށެވެ. އެކަމަކު ފަހުން އޭގެ ހަބަރެއް ނުވެ އެވެ.
ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އިއްޔެ ގަމަށް ވަޑައިގަތުމުން، އެ ރަށުގައި އުޅޭ މުންޑޫ އާއި ކަޅައިދޫ މީހުން ވަނީ އެކަން އެ މަނިކުފާނަށް ހަނދާންކޮށްދެއްވާފަ އެވެ.
ބުނީ ކީކޭ؟ - އެއާ އެކު ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ:
ލ. ގަމުގައި، އެހެން ރަށްރަށުން ބަދަލުވި މީހުން ދިރިއުޅެމުން އަންނައިރު، އަދުލުވެރިކަމުގެ ތެރެއިން، އިންސާފުވެރިކަން ގާއިމުނުވެ ކަންތައްތައްތަކެއް އެބަހުރި؛ އެހެންވެ، އިންސާފު ގާއިމުކޮށްދިނުމަށް އެ ރަށަށް ހިޖުރަކުރި މީހުންނަށް ވަރަށް އަވަހަށް ފައިސާ ހަވާލުކޮށްދެއްވާނެ
ރައީސް ވިދާޅުވީ ފައިސާ ހޯދުމަށް އެދި 165 މީހުން، ލިޔުންތައް ހުށަހަޅާފައިވާ ކަމަށް އަދި އެއަށް ވާވަރަށް ފައިސާ މިހާރު ހަމަޖައްސާފައިވާ ކަމަށް
އެއާ އެކު، ކަމާ ގުޅޭ އިދާރާތަކުން ވަރަށް އަވަހަށް ޓީމުތައް އެ ރަށް ގޮސް، މައުލޫމާތު ހޯދާނެ ކަމަށް ވިދާޅުވި
އެއަށް ފަހު ކޮންމެ މީހަކަށް ބައި ލައްކަ ރުފިޔާގެ މަގުން ޖުމްލަ 8.45 މިލިޔަން ރުފިޔާ ޖަމާކުރައްވާނެ ކަމަށް ވިދާޅުވި
ގުޅުން ހުރި - ރޭގެ ޖަލްސާގައި ރައީސް ވަނީ، ގަމުގައި 300 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ އެ ރަށުގައި އަލަށް ސޮއިކުރި 100 ހައުސިން ޔުނިޓާއި މިހާރު ހިނގަމުންދާ 100 ހައުސިން ޔުނިޓުގެ މަސައްކަތާއި އިތުރު 100 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެކެވެ.
ގަމަށް ބަދަލުވި މުންޑު އާއި ކަޅައިދޫ މީހުންނަށް 50،000ރ. ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ