ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް 11 ވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ނިއްވާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ އެޕާޓްމަންޓުގެ ބެލްކަނީގައި ހުރި އެކްޒޯސްޓަކުން ކަރަންޓު ޝޯޓުވެގެން ކަމަށެވެ.
ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބުނު ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބެލްކަނީގައި ވަރަށް ބޮޑަށް އަލިފާން ރޯވި އެވެ. އެކަމަކު އަލިފާން އެޕާޓްމަންޓް ތެރެއަށް ފެތުރިފައެއް ނުވެ އެވެ.
ހިޔާ ފްލެޓްތަކުގައި މަދުން ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަ އެވެ. މިހާތަނަށް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގުމުގެ ކުރިން އަލިފާން ވަނީ ނިއްވާލާފަ އެވެ.
ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ