ޑީއެމްޑީގެ މަގާމުގައި ހުރި މުޖުތަބާ އެމްއޭސީއެލްގެ ބޯޑަށް ޑީއެމްޑީގެ މަގާމުގައި ހުރި މުޖުތަބާ އެމްއޭސީއެލްގެ ބޯޑަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުޖުތަބާ ލަތީފް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު އައްޔަނުކޮށްފި އެވެ.
އޭނާ އެ ބޯޑަށް އައްޔަނުކުރީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމަށް، އެމްއޭސީއެލްގެ މެންޑޭޓުގައި ނުވެސް ހިމެނޭ މަސައްކަތްތައް އެ ކުންފުންޏާ ހަވާލު ކުރަމުންދާ ދިޔުމާ ދެކޮޅު ހެދި މުހައްމަދު ރިޔާޒު ބޯޑުން ވަކިކުރުމަށް ފަހު އެވެ.
ރިޔާޒު، އެމްއޭސީއެލްގެ ބޯޑުން ވަކިކުރިކަން އަންގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާއަށް ސިޓީ ފޮނުވީ އޮކްޓޯބަރު 18، ގަ އެވެ. އޭނާގެ ބަދަލުގައި މުޖުތަބާ އެ ކުންފުނީގެ ބޯޑަށް އައްޔަނުކުރިކަން މިއަދު ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ހާމަކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ވަކިކުރަން ނިންމީ މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްއޭސީއެލްގެ މެންޑޭޓާއި ކަނޑައެޅިގެން ދެކޮޅު މަޝްރޫއުތަކާއި ހަވާލުވުމާއި ދެކޮޅު ހެދުމުންނެވެ. އެގޮތުން ބިން ހިއްކުމަށް އެމްއޭސީއެލް އިން ވަކި ކުންފުންޏެއް ހަދައި އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު އިންވެސްޓް ކުރުމާއި ރިޔާޒު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތައް އެމްއޭސީއެލް ފައިސާ ހަރަދުކޮށްގެން ފުއްދުމަށްޓަކައި މަޝްރޫއުތައް ދަނީ ފަށަމުންނެވެ. އޭގެތެރޭގައި 63 ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމާއި ބިން ހިއްކުން ވެސް ހިމެނެ އެވެ. ދާދިފަހުން ރިސޯޓެއް ހަދަން ވެސް ހަވާލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ