ހިތަދޫގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނުން: ތުހުމަތު ކުރެވޭ ކަމެއް ފާހަގައެއް ނުކުރެވޭ

އައްޑޫ ހިތަދޫގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނިގެން އެކަން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ ގޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ވަނީ އެ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ. ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އިބްރާހިމް އަބްދުﷲ އާއި އުމުރުން 52 އަހަރުގެ ފަރަހަނާޒް ރަޝީދު އެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއީ ދެމަފިރީންނެވެ. އެ މީހުން މަރުވެފައި އޮއްވާ ފެނިފައި ވަނީ އެމީހުން މިހާރު ދިރިއުޅޭ ގެއިން ކަމަށް ވެސް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ